Last Updated: June 7, 22:00
Monday, June 8, 2026
މުނިފޫހިފިލުވުން

އިންޑިއާގެ ބަތަލާ ރާއީ ރާއްޖޭގައި

އިންޑިއާގެ ބަތަލާ ރާއީ ލަކްޝްމީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އޭނަ ޗުއްޓީ ހޭދަކުރަމުން އަންނަ ޑަބްލިއު މޯލްޑިވްސްގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. ރާއީ ބުނީ ރާއްޖެ ސިފަކުރެވެނީ އަމިއްލަ ވަޒަން ގޮތަށް ކަމަށެވެ.

އުމުރުން މިހާރު 36 އަހަރުގެ ބަތަލާ އަކީ މައިގަނޑު ގޮތެއްގައި އިންޑިއާގެ ދެކުނު ފިލްމުތަކުގައި މަސައްކަތްކުރާ ބަތަލާއެކެވެ. އެގޮތުން މިހާތަނަށް ތެލެގޫ، ތަމަޅަ، މަލަޔާޅަމް އަދި ކަންނާނާ ފިލްމުތައް ކުޅެފައިވެ އެވެ.

މަދުމަދުން ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ ރާއީ ކުޅެފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި "އަކީރާ" އަދި "ޖޫލީ 2" ހިމެނެ އެވެ. އަޖޭ ދޭވްގަން ޑައިރެކްޓްކޮށް، ކުޅެ 2023 ގައި ގެނެސްދިން ފިލްމު "ބޯލާ" ގެ އައިޓަމް ލަވައެއް ވެސް ރާއީ ކުޅެފައިވެ އެވެ.

އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން ޗުއްޓީ އަށް މިހާރު ރާއްޖެ އަންނަ އިރު، އެ ގައުމު މިހާރު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ 6 ވަނައިގަ އެވެ.