Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ތެޔޮ ބާޖެއް ވެސް ފަރަކަށް އަރައިފި

ތެޔޮ ބާޖެއް ވެސް ފަރަކަށް އުރިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑުގެ ސެކަންޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަނީ "ހޯކްސް ދޯދި" ނަމަކަށް ކިޔާ ތެޔޮ ބާޖު ފަރަކަށް އަރައިގެބް ކަމަށެވެ.

އެ އުރިފައި ވަނީ ކ. ކުޑަވިލިނގިލި ރިސޯޓްގެ އިރުމަތީ ފަރާތު އޮންނަ ފަރަކަށް ކަމަށް ވެސް ސިފައިން ބުންޏެވެ.

ތެޔޮ ބާޖެއް ފަރަކަށް އެރި އިރިު މާލެއިން މުދާ ބަރުކޮށްގެން ގ.ދ އަތޮޅަށް ދަތުރުކުރި "ފަހިރޯޅި" ނަމަކަށް ބޯޓެއް ވެސް ވަނީ ފަރަކަށް އަރައި ބައެއް އަޑިއަށް ގޮސްފަ އެވެ.