ގއ. ވިލިނގިލީގައި މިދިޔަ ހޯމަ ދުވަހުގެ ރޭ އެކްސިޑެންޓި ޒުވާނާ ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
މާލެ ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ ވިލިނގިލީ ސޯސަންވިލާ ވިކާޝް އަހުމަދު، 26، އެވެ.
އޭނަ އެކްސިޑެންޓްވީ ބާރު ސްޕީޑްގައި ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ ގެއެެއްގެ ފާރަކަށް އަރަ އެވެ.
އެ ހާދިސާއާ ގުޅިގެން ވިކާޝް ބޮޑެތި ޒަހަމްތަކަކާ އެކު ވެއްޓިފައި އޮއްވައި ފެނުނީ ރަށު ފެނުނީ ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށެވެ. އެއީ ހޯމަ ދުވަހުގެ ރޭ މެންދަމު 1:30 ހާއިރު އެވެ. އޭނަ މާލެ ގެންގޮސް އައިޗީއެމްގައި ފަރުވާދޭން ފެށީ އަންގާރަ ދުވަހު އެވެ.
ވިކާޝްގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު ބޭއްވީ އާސަހަރާގަ އެވެ.