އަންނަ އަހަރު ރާއްޖެ އަށް 2.4 މިލިއަން ޓޫރިސްޓުން ގެންނަންް އަމާޒު ހިފައިފި އެވެ.
މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުންނެވެ. މިހާތަނަށް 1.8 މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު، އަހަރު ނިމެން މިހާރު އޮތީ ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހެވެ. އެހެންވެ ޓާގެޓް ހާސިލު ކުރުމަށްޓަކައި މި މުއްދަތުގެ ތެރޭގައި 400،000 އަށް ވުރެ ގިނަ ޓޫރިސްޓުން ބޭނުންވެ އެވެ.
މިހާރު ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަންނަނީ 6،579 ޓޫރިސްޓުންނެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތަކަށް ބަލާ އިރު، މި މަހުގެ 5 އާ ހަމައަށް 32،895 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ.
މިދިޔަ އަހަރު ވެސް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ އިރު، އެ އަހަރު ރާއްޖެ އަށް ޖުމްލަ 2.2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.