ސުކޫކަށް ދައްކަން ޖެހޭ ފައިސާ ހޯދަން އިތުރު ބޮންޑެއް ވިއްކުމުގެ ބަދަލުގައި ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހިއްސާ ވިއްކައިގެން އެ ފައިސާ ހޯދުމަކީ މާ ރަނގަޅު ގޮތަކަށް ވެދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވީއަައިއޭ އިންޑިއާގެ ޖީމްއެމްއާރަށް ދިން އިރު، ވެރިކަމުގައި ހުންނެވި ނަޝީދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ސުކޫކު ދައްކަން ފައިސާ ހޯދަން އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސް މެދުވެރިކޮށް ބޮންޑެއް ވިއްކުމުގެ ބަދަލުގައި ވީއައިއޭގެ ހިއްސާވުމަކީ ބުއްދިވެރި ގޮތަކަށް ވެދާނެ ކަމަށެވެ.
"އެހެންވީމަ އެއާޕޯޓްގެ ހިއްސާ ވިއްކައިގެން ލިބޭ ފައިސާ އިން ސުކޫކު ދައްކާ ހަލާސްކުރަން ބޭނުން ކުރެވޭނެ. އޭރުން [ރާއްޖޭން] ދައްކަން ޖެހޭ ދަރަނި ވެސް ކުޑަވެގެން ދާނެ." ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ދައްކާ ހަލާސް ކުރަން ޖެހެނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ކުރިންނެވެ. ސަރުކާރުން ބުނެފައި ވަނީ އެހާތަނަށް ފައިސާ ދައްކާ ނިމޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.