ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން އައްޑޫ ފޭދޫގައި ހަދަން ނިންމާފައިވާ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢުގެ މަސައްކަތް ލިޓަސް އޮޓޯމޮބައިލްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް، ފައިނޭންސް އެންޑް އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުން ކުރިއަށް ގެންދާ ގޮތަށެވެ. އެގޮތުން ދެ ފަހަރެއްހެ މަތިން މި މަޝްރޫއު މިނިސްޓްރީން ބީލަމަށްލި އެވެ.
އެހޮތުން ބީލަމަށްލީ މި އަހަރުގެ މެެއި މަހުގެ ތެރޭގަ އެވެ.
އިސްރަށްވެހިންނަށް ހާއްސަކޮށްގެން ފޭދޫގައި ޝެލްޓާއެއް ހަދަން ނިންމިކަން ފުރަތަމަ އިއުލާންކުރީ 2023 ގަ އެވެ
ފޭދޫ "އިސްރަށްވެހިންގެ ހިޔާވަހި" ހަދަން ލިޓަސްއާ ހަވާލުކުރި އިރު، ރާއްޖޭގައި ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ކެއާ ސެންޓަރު ޤާއިމުކުރުމަކީ ރައީސް ޑރ، މުޙައްމަދު މުއިއްޒުގެ ވަޢުދެވެ.
މި މަރުކަޒުތަކުގެ މައިގަނޑު މަޤުޞަދަކީ ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށް ދޭން ޖެހޭ އިސްރަށްވެހިންނަށް ބޭނުންވާ ފެންވަރު ރަނގަޅު ޚިދުމަތްތަކާއެކު އެފަރާތްތަކަށް ޚާއްސަ ކުރެވިގެން އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު އުމުރުގެ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާޙައުލެއް ޤާއިމުކޮށް ދިނުމެވެ.