Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އެންއައިސީގެ މެންބަރުންނާ ސީޕީ ބައްދަލުކޮށްފި

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުންނާ ޕޮޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން ބައްދަލު ކުރައްވައިފި އެވެ.

ކޮމިޝަނަރުގެ އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި، ޑިޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު ހެޑް އެސިސްޓެންޓް ކޮމިޝަނަރޔ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަޠީހް އަދި އެންއައިސީފެ ރައީސް ޝުއައިބް އަބްދުއް ރަޙްމާނާއި ކޮމިޝަންގެ އެހެން މެންބަރުން ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުވުމުގައި، ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް ދެ އިދާރާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. އަދި ފުލުހުންނާ ގުޅޭ ގޮތުން ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި އެވެ.

މީގެ އިތުރުން، ދެ އިދާރާގައި މައްސަލަތައް ތަހުގީގުކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށާއި ތަމްރީނު ދިނުމުގެ އިތުރުން ތަހުގީގުކުރުމުގައި ދެ އިދާރާ އިން ވެސް ގެންގުޅޭ އުސޫލުތަކަށް އެ މުވައްޒަފުން އަހުލުވެރި ކުރުވުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރި އެވެ.