Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ވީއައިޕީ ޓްރެއިނިންއަކަށް 20 ފުލުހަކު އިންޑިއާ އަށް

އިންޑިއާގެ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓްރެއިނިންއަކަށް 20 ފުލުހަކު އެ ގައުމަށް މިއަދު ފުރައިފި އެވެ.

އެއީ ނޮއިޑާގެ ވީއައިޕީ ސެކިއުރިޓީ ޓްރެއިނިން ޕްރޮގްރާމަކަށެވެ. އެ ޓްރެއިނިންގައި ބައިވެރިވުމަށް އިންޑިއާއަށް ދިޔައީ ސްޕެޝަލް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި މަސައްކަތްކުރާ ފުލުހުންނެވެ.

މާދަމާ އިން ފެށިގެން މި މަހުގެ 23 އަށް ކުރިއަށް ގެންދާ މި ތަމްރީނަކީ ވީއައިޕީ ސެކިއުރިޓީ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ތަމްރީނެކެވެ.

މި ތަމްރީނުގައި، ވީއައިޕީ ސެކިއުރިޓީ ދިނުމުގައި އަމަލު ކުރާނެ ރަނގަޅު ގޮތްތަކާއި ހުނަރު ލިބިފައިވާ މިންވަރު ބެލުމުގެ އިތުރުން ސެކިއުރިޓީގައި ބޭނުންކުރާ ހަތިޔާރު ބޭނުންކުރާނެ ގޮތްތަކާއި ހަރުދަނާ ގޮތެއްގައި ސެކިއުރިޓީ ބަލަހައްޓާނެ ގޮތްތައް އުނގަންނައި ދޭނެ އެވެ.