ސިޔާސީ ޕާޓީތަކުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް ފަސް ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފައިސާ ދޫކޮށްފި އެވެ.
ފައިސާ ދޫކުރީ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ 9 ޕާޓީއެެއްގެ ތެރެއިން 5 ޕާޓީއަކަށެވެ. އެ ޕީއެންސީ، އެމްޑީޕީ، ޖޭޕީ، ޢަދާލަތު ޕާޓީ އަދި އެމްޑީއޭ އެވެ.
މި ފަސް ޕާޓީ އަށް ޖުމްލަ 27 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ
ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފުސީލު:
* ޕީއެންސީ: 13،316،689.57ރ.
* އެމްޑީޕީ: 8،454،780.51ރ.
* ޖޭޕީ: 2،656،598.57ރ.
* އެމްޑީއޭ: 1،769،648.69ރ.
* ޢަދާލަތު ޕާޓީ: 1،713،538.65ރ.
މި ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ބަލާ އިރު ޕީއެންސީގައި 68،665 މެންބަރުން، އެމްޑީޕީގައި 43،765 މެންބަރުން،
ޖޭޕީގައި 13،456 މެންބަރުން، އެމްޑީއޭގައި 9،011 މެންބަރުން އަދި ޢަދާލަތު ޕާޓީގައި 8،844 މެންބަރުން ހިމެނެ އެވެ.