Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އިނާޔާ އަލުން ފޮރިން ސެކްރެޓަރީގެ މަގާމަށް

ކުރިން ފޮރިން ސެކްރެޓަރީއަކަށް ހުންނަވަނިކޮށް އެ މަގާމުން ވަކިކުރި ފާތުމަތު އިނާޔާ އަލުން އެ މަގާމަށް އައްޔަންކޮށްފި އެވެ.

އޭނަ ފޮރިން ސެކްރެޓަރީއަކަށް ފުރަތަމަ އައްޔަން ކުރީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އަހަރު ކަމަށްވާ 2023 ގެ ޑިސެމްބަރު މަހުގެ 12 ގަ އެވެ. އަދި އޭނަ މަގާމުން ވަކިކުރީ މެއި މަހުގެ 5 ގަ އެވެ.

އޭގެ ފަހުން އިނާޔާ ހުންނެވީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީއަކަށެވެ.

ފޮރިން ސެކްރެޓަރީގެ މަގާމަށް މިދިޔަ ހަފުތާގައި އިނާޔާ އައްޔަން ކުރި އިރު، އޭނަ އެ މަގާމުން އިސްތިއުފާ ދެއްވި ފަހުން އެއްވެސް ބޭފުޅަކު މަގާމަށް އައްޔަންކޮށްފައެއް ނުވެ އެވެ. އިނާޔާ އަކީ ހާރިޖީ ދާއިރާގައި މަސައްކަތްކުރައްވާތާ ގިނަ އަހަރުތަކެއްވީ ބޭފުޅެކެވެ.

ފޮރިން ސާވިސް ގާނޫނު ބުނާ ގޮތުން ފޮރިން ސެކްރެޓަރީގެ މަގާމުގެ މުއްދަތަކީ ތިން އަހަރެވެ.

އިނާޔާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.