'ގޯލެންޑް ޓޮންސިލްސް" ގެ ނަމުގައި މަޝްހޫރުވި އޮސްޓްރޭލިއާގެ ތަޖުރިބާކާރު ރޭޑިއޯ ހޯސްޓް ޖޯން ލޯސް މަރުއްޖެ އެވެ.
އޭނަގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ ޖޯން މަރުވީ އިއްޔެ ސިޑްނީގައި އާއިލާގެ މީހުންގެ ގާތުގައި ކަމަށެވެ. ޖޯން މަރުވި އިރު، އުމުރަކީ 90 އަހަރެވެ.
ޖޯންގެ މަރާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށް، އޭނަގެ ހަނދާންތައް ވެސް އާ ކުރަމުންނެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް ވިދާޅުވީ ގެއްލިގެން ދިޔައީ "އައިކޮނިކް" އަޑެއް ކަމަށާއި ޖީލުތަކަކަށް ޖޯންގެ ހިދުމަތް ދެމިގެން ދާނެ ކަމަށެވެ.
John Laws was an iconic voice and so much more.
Generations of Australians trusted and respected him for telling it straight, digging deep and giving his guests and his listeners a chance to be heard.
John was always a thoroughly prepared and thoughtful interviewer – and…
— Anthony Albanese (@AlboMP) November 9, 2025
އޭނަ އަކީ އޮސްޓްރޭލިއާގައި އުފެދުނު އެންމެ ކުޅަދާނަ ރޭޑިއޯ ހޯސްޓުންގެ ތެރެއިން އެކެކެވެ. ކެރިއަރު 71 އަހަރަށް ދެމިގެން ދިޔަ ހިދުމަތްތެރިޔާ އަކީ އޮސްޓްރޭލިއާގެ ކޮމާޝަލް ރޭޑިއޯ ހޯސްޓުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކެކެވެ. އޭނަ އަށް "ގޯލެންޑެ ޓޮންސިލްސް" ގެ ލަގަބު ލިބުނީ އަޑުގެ ވަރުގަދަކަމާއި ހުށަހެޅުމުގައި އެހުންތެރިންގެ ސަމާލުކަން ހޯދުމުގައ ލިބިފައިވާ ކުޅަދާނަކަމާއިި ހުނަރުގެ ސަބަބުންނެވެ.
ޖޯންގެ ކެރިއަރުގައި ނުފޫޒު ގަދަ އެތައް ބަތަޔާ އިންޓަވިއުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާގެ 17 ބޮޑުވަޒީރަކާއި މަޝްހޫރު އެތައް ސެލެބްރިޓީންނެއް ހިމެނެ އެވެ.
ރޭޑިއޯ ހޯސްޓެއްގެ އިތުރުން ޓީވީ ހޯސްޓެއްގެ ގޮތުގައި ވެސް ޖޯން މަސައްކަތްކޮށްފައިވެ އެވެ. އޭނަގެ ހިދުމަޔް ފާހަގަކޮށް އަރުވާފައިވާ ޝަރަފުގެ ތެރޭގައި 'އޮސްޓްރޭލިއަން ހޯލް އޮފް ފޭމް' އާއި 'ކޮމާންޑާ އޮފް ދި އޯޑާ އޮފް ދަ ބްރިޓިޝް އެމްޕަޔާ (ސީބީއީ)' ހިމެނެ އެވެ.
ހޯސްޓްކުރުމުން ޖޯން ރިޓަޔާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އެންމެ ފަހުން އޭނަ މަސައްކަތްކުރީ ސިޑްނީގެ '2އެސްއެމް' ރޭޑިއޯގަ އެވެ. އޭނަ ރިޓަޔާކުރީ އެތަނުގައ 13 އަހަރު މަސައްކަތްކުރުމަށް ފަހު އެވެ.
މަރުވި އިރު ކާފަދަރިންތަކެއް ވެސް ތިބި ޖޯން އަށް ތިން ކައިވެންޏަކަށް ފަސް ކުދިން ލިބިފައިވެ އެވެ.