Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށްފި

'މޯލްޑިވްސް 2.0' ގެ ދަށުން އިމިގްރޭޝަންގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށްފި އެވެ.

މިކަން ރަސްމީކޮށް އިފުތިތާހުކުރީ ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި އިމިގްރޭޝަންގެ އާ މޮބައިލް އެޕާއި ފޭޝަލް ރިކޮގްނިޝަން އެޕްގެ އިތުރުން ދި "އީ-ވިސާ" ތަޢާރަފުކޮށްފައިވެ އެވެ. އެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި އިިމިގްރޭޝަންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިމިގްރޭޝަންގެ އެޕަކީ އެތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތައް އެއް ތަނަކުން ފަސޭހައިން ކޮންމެ މީހަކަށްވެ ސް ބޭނުން ކުރެވޭނެހެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.

ފޭޝަލް ރިކޮގްނިޝަން އެޕް"އެމް އައިޑީ ޗެކާ" އަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މޯލްޑިވްސް 2.0ގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި މުޅިން އަލަށް ތަޢާރަފުކުރި "އީ-ވިސާ" ގެ ޚިދުމަތާއެކު ވިސާގެ ކަންކަން ކުރުމަށް މީގެ ކުރިން އިމިގްރޭޝަނަށް ދާން ޖެހޭ ޖެހުން ނިމުމަކަށް އައިސް، ފަސޭހަކަމާއެކު އޮންލައިންކޮށް އެ ހިދުމަތް ހޯދޭނެ އެވެ.