އެއްތިރީސް ރަށެއްގައި ކުޑަކުދިންގެ ޕާކް ހަދަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.
މިއަދު ލޯކަލް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ޕާކް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރެވެ.
ޕާކް ހަދަން ހަމަޖެހިފައިވާ ރަށްތައް:
1. ހއ. މޮޅަދޫ
2. ހއ. ފިއްލަދޫ
3. ރ. ހުޅުދުއްފާރު
4. ރ. މާކުރަތު
5. ރ. ކިނޮޅަސް
6. ރ. އިންނަމާދޫ
7. ރ. އިނގުރައިދޫ
8. ރ. ފައިނު
9. ހދ. ހަނިމާދޫ
10. ވ. ފުލިދޫ
11. ވ. ކެޔޮދޫ
12. ދ. މީދޫ
13. ތ. ވޭމަންޑޫ
14. ތ. ތިމަރަފުށި
15. ތ. ގުރައިދޫ
16. ލ. މާބައިދޫ
17. ލ. ދަނބިދޫ
18. ލ. މުންޑޫ
19. ގއ. ވިލިނގިލ
20. ގއ. ކަނޑުހުޅުދޫ
21. ގދ. ގައްދޫ
22. އައްޑޫ ހުޅުދޫ
23. އައްޑޫ ހިތަދޫ 1
24. އައްޑޫ ހިތަދޫ 2
25. އައްޑޫ މަރަދޫފޭދޫ
26. އައްޑޫ ފޭދޫ
27. ނ. ޅޮހި
28. ހދ. ނޮޅިވަރަމް
29. ށ. ކަނޑިތީމު
30. ށ. މިލަންދޫ
31. ބ. ފެހެންދޫ
32. ބ. ކުޑަރިކިލު
ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢުގައި 57 ރަށެއް ހިމެނެއެވެ. އެ ގޮތުން 52 ރަށުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ޕާކް ތަރައްގީ ރަށްތަކުގެ ފުރަތަމަ ބެޗުގައި ހިމެނެނީ 12 ރަށެވެ. އޭގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ ގަ ރަށެއްގައި ޕާކު ހެދުމެވެ މަސައްކަތެވެ. އަދި 4 ރަށެއްގެ ޕާކުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. ދެ ޕާކެއްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރްޑީސީއާ އެވެ.
މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި ރަށްތަކުގެ އިތުރުން ބާކީ އޮތް 7 ރަށަކީ ހަމައެކަނި ޕާކް ސެޓް ބޭނުންވާ ރަށްތަކަށް ކަމަށެ ވެ. ށެވެ. އަދި މިހާތަނަށް މަސަކަތް ނުފެށި އޮތީ 05 ރަށެއްގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޖުމްލަ 129 ރަށަކަށް ބޭނުންވާ ޕާކް ސެޓްތައް ގެނައުމަށް އެސްޓީއޯއާ އޮތީ ހަވާލުކޮށްފަ ފައެވެ.
މިނިސްޓްރީން ބުނީ ބެޗް 3 އަދި 7 ގެ އެއްބަސްވުމުގެ ސޮއިކުރުމުގެ މަސައްކަތް ނިމި، ބެޗް 3 ގެ މޮބިލައިޒޭޝަންގެ 33 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.