Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ކަރެކްޝަންސްގެ އާ ހެޑްކުއާޓަރު ހުޅުމާލޭގައި ހުޅުވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހެޑްކުއަރުގެ އާ އިމާރާތް ހުޅުމާލޭގައި ހުޅުވައިފި އެވެ.

އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އާ އިމާރާތް ހުޅުވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު ޢަލީ ޢިހްސާނާއި ކޮމިޝަނަ އޮފް ޕްރިޒަންސް ހުސައިން ޒަރީރު ބައިވެރިވެވަޑައިގަތެވެ.

ކަރެކްޝަންސްގެ އަމިއްލަ ބިމެއްގައި ހުޅުމާލޭގެ ޖަލުގެ ގޯތި ތެރޭގައި ހުޅުވި އާ ހެޑްކުއާޓަރަކީ ދެ ފަންގިފިލާ އެކުލެވޭ، 12،000 އަކަފޫޓު ބޮޑުމިނުގެ އިމާރާތެކެވެ.

އެތަނުގެ މަސައްކަތް ނިންމާފައި ވަނީ 16 މަސް ދުވަހުގެ ތެރޭގަ އެވެ. އިމާރާތުގައި، ކަރެކްޝަންސްގެ 15 ސެކްޝަނާއި =ޑިވިޜަނާއި ކޮމާންޑް ހިމެނޭހެން، 170 އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތް ކުރާނެ އެވެ.