Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޗައިނާ އިން ފެން ހިންދާ ޕަމްޕްތަކެއް ހަދިޔާކޮށްފި

ޗައިނާގެ ކުންފުންޏަކުން ރާއްޖެ އަށް ފެން ހިންދާ ޕަމްޕުތަކެއް ހަދިޔާކޮށްފި އެވެ.

އެ ތަކެތި ހަވާލު ކުރަން މިިއަދު ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބެއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވެސް ބައިވެރިވަޑައިގަތެނެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި އެކި މިނިސްޓްރީތަކުގެ އިސްވެރިންނާއިސިޔާސީ މުވައްޒަފުންނާއި ރައީސް އޮފީހުގެ އިސް އޮފިޝަލުންގެ އިތުރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޗައިނާހެ ސަފީރު ވެސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖެ އަށް ފެން ޕަމްޕް ހަދިޔާ ކުރީ ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރި ކުންފުނު ކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނޭރިން ގްރޫޕް ކޯޕަރޭޝަން ލިމިޓެޑް (ސީއެމްއީސީ) އިންނެވެ. އެ ކުންފުނިން ހަދިޔާކުރީ ފެން ހިންދާ ތިން ޕަމްޕެވެ.

ޕަމްޕްތައް ސީއެމްއީސީގެ ފަރާތުން ހަވާލުކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ލިއު ޝިޔައޮޑާ އެވެ. ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރެވެ.

މި ޕަމްޕުތައް ބޭނުން ކުރަން ހަމަޖެހިފައި ވަނީ މާލެ ސަރަހައްދުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށް ސަރުކާރުން ބުނެ އެވެ.