Last Updated: July 5, 14:12
Sunday, July 5, 2026
ޚަބަރު

ޝަހީމް، ސައުދިއާގެ އިސްވެރިންނާ ބައްދަލުކޮށްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ އެއާލައިންގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ސަޢުދީ އެއާލައިންގެ ފަރާތުން ދިވެހި ހައްޖުވެރިންނާއި އުމްރާވެރިންނަށް ދެއްވަވާ ހިދުމަތްތަކާއި ބަހައްޓަވާ ގާތްކަމަށްޓަކައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާއި ވަލީއަހްދު މުހައްމަދު ބިން ސަލްމާނަށް އަދި ސައުދީ އެއާލައިންގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ވަޒީރުގެ ވާހަކަފުޅުގައި ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު ދަތުރުތައް އޮތުމަކީ ދިވެހި ރައްޔިތުންނަށާއި، ހާއްސަކޮށް ހައްޖާއި އުމްރާއަށް ދާ ފަރާތްތަކަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާ ކަމެއްކަން ފާހަގަ ކުރައްވާފައިވެ އެވެ.

މީގެ އިތުރުން ކޮންމެ ހައްޖު މޫސުމެއްގައިވެސް ދިވެހި ހައްޖުވެރިން އުފުލުމުގައި ވަރަށް އިސްކަމެއް ދެއްވައިގެން ސަޢުދީ އެއާލައިނުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކުރާކަމަށާައި ދިވެހި ސަރުކާރުން އެކަން ފާހަގަކުރައްވާކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ހައުމީ އެއާލައިން، މޯލްޑިވިއަންގެ އިސް އޮފިޝަލުން ވެސް ބައިވެރިވި އެވެ.