އައްޑޫ ސިޓީ ހިތަދޫގެ މިސްކިތަކަށް މިރޭ ގެއްލުންދީފި އެވެ.
ގެއްލުން ދީފައިވަނީ ހިތަދޫ މަސްޖިދުލް ޢުމަރުލް ފާރުޤަށެވެ. އެގޮތުން މިސްކިތުގައި ހުރި ގޮނޑިތަކާއި ފެންފުޅިތައް އުކާލައި، ފަންކާ ހަލާކުކޮށް، ކަރަންޓު ބޯޑަށް ވެސް ގެއްލުންތަކެއް ދީފައިވެ އެވެ.
މިކަން ކުރި ބަޔަކު މިހާތަނަށް އެނގިފައި ނުވާއިރު، އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ހިތަދޫގެ މިސްކިތަކުން ފަންކާތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވެފައިވެ އެވެ. އެގޮތުން ފުލުހުން ކުރި މަސައްކަތުން ވަނީ އެ ފަންކާތައް ހޯދައިފަ އެވެ.