Last Updated: July 5, 14:12
Sunday, July 5, 2026
ޚަބަރު

އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ހުޅުމާލޭ ފޭސް ދޭއްގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވެފައިވަނީ ކ. ދިއްފުށި، ލައިޓް ގާޑެން، އިސްމާއިލް ރަޔާން ބިން ނާޒިމް (19އ) އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ ފޭސް ދޭއްގެ ނިކަގަސް މަގުގައި ދެ ސައިކަލު ޖެހިގެން ކަމަށެވެ. އެ ހާދިސާގައި އިތުރު ދެ މީހަކަށް ވެސް އަނިޔާވެގެން އަންނަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ނިކަގަސްމަގުން ވަންވޭއާ ހިލާފަށް ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް އެމަގަށް އެޅި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.