އިންޑިއާގެ ދިއްލީގައި ހުންނަ ރެޑް ފޯޓުގެ ކައިރީގައި މިރޭ ހިނގި ނުރައްކާތެރި ހާދިސާގައި ބަޔެއްގެ ފުރާނަ ގެއްލުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް މުއިއްޒު ވަނީ މި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލުނު ޚަބަރާއެކު، ފުން ހިތާމައެއް ލިބިވަޑައިގަތްކަން ހާމަކުރައްވާފަ އެވެ. އަދި މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ.
އަދި، މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާ އެކުގައިކަން އެމަނިކުފާނުގެ މެސެޖުގައި ވަނީ ހާމަކުރައްވާފަ އެވެ.
މިހާދިސާ ހިނގީ ޓްރެފިކް ލައިޓެއްގެ ކައިރިއަށް، ވަަރަށް މަޑުން ގޮސް ހުއްޓި ކާރެއް ގޮވުމުންނެވެ. މިގޮވުމުގެ ސަބަބުން އެ ސަރަހައްދުގައި އެވަގުތު އޮތް ހަ ކާރަކާއި ތިން އޮޓޯއެއްގައި އަލިފާން ރޯވި އެވެ. މިހާދިސާގައި މިހާތަނަށް 9 މީހަކު މަރުވިކަން ވަނީ ޔަގީންވެފަ އެވެ.