Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މާލޭގެ މިސްކިތަކަށް ގެއްލުން ދިން މީހަކު ހައްޔަރަށް

މާލޭގެ މާފަންނުގައި ހުންނަ ތައިބާ މިސްކިތުގެ ބިއްލޫރިގަނޑުތައް ތަޅާލައި މިސްކިތަށް ގެއްލުން ދިން މީހަކު ފުލުހުން އެވެ.

ފުލުހުން ބުނީ އެ މިސްކިތުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅާލި މައްސަލަ ފުލުހަށް ރިޕޯޓުކުރީ މިއަދު ހެދުނު 7:00 ހާއިރު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މިސްކިތަށް ގެއްލުން ދިން މީހާ ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. އަދި އެއީ ގއ. ގެމަނަފުށި، އައްޑަނަ، މުހައްމަދު މުތީއު ހަސަން، 24، ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ފަހަކަށް އަައިސް ރާއްޖޭގެ އެކި ހިސާބުތަކުގެ މިސްކިތްތަކަށް އެކި ކަހަލަ ގެއްލުންތައް ދިނުން އާންމުވަމުންދާ އިރު، އިއްޔެގެ ވަގުތެއްގައި އަައްޑޫ ހިތަދޫގެ މިސްކިތަކަށް ގެއްލުންތަކެއް ދީފައިވެ އެވެ.