Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ހިފްޒުކޮށް، ތަރާވީހް ނަމާދު ކުރާނެ ދިވެހިން ހޯދަނީ

އަންނަ އަހަރުގެ ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން އިއުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް އެދޭ ދިވެހި ހާފިޒުން އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ހުށަހެޅޭނެ ކަމަށެވެ. ނިޔަލަށް މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފަ އެވެ.

އަދި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް އެދޭ ދިވެހި ހާފިޒުން ޖެނުއަރީ 11 ގެ 2:00 ގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އަދި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތަކަށެވެ.

މިނިސްޓްރީން ބުނީ ދިވެހި ހާފިޒުންނަށް އެލަވަންސް ދޭނީ އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދުކުރާ ކޮންމެ ރެއަކަށް 500ރ. ރޭޓުން ކަމަށެވެ. އަދި ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދިވެހި ދެ ހާފިޒުންނަށް ކަމަށް މިނިސްޓްރީން ބުންޏެވެ.