Last Updated: May 2, 17:09
Friday, May 2, 2025
ޚަބަރު

މާލޭގައި ހުރި އާސާރީ މިިސްކިތެއް ހުޅުމާލެއަށް ބަދަލުކުރަނީ !

ވެރިރަށް މާލޭގައި ހުރި ތާރީޚީ މިސްކިހިތެއް ހުޅުމާލެއަށް ބަދަލުކުރަން އިސްލާމިކް މިނިސްޓްރީ އިން ނިންމައިފިއެވެ.

ހުޅުމާލެއަށް ބަދަލުކުރުމަށް މިނިސްޓްރީ އިން ނިންމާފައިވަނީ، ސަލްޓަން ޕާކް ގޯތި ތެރޭގައި ހުރި ތާރީހީ މިސްކިތެއް ކަމުގައިވާ، ކަޅުވަކަރު މިސްކިތެވެ.

އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު ބިނާކުރެއްވި އެ މިސްކިތް ފުރަތަަމަ ހުރީ މަޖީދީމަގު، ގަލޮޅު ސްޓޭޑިއަމް ކުރިމަތީން ހީނާމާ ޕާކީން އާ ޖެހިގެންނެވެ. ނަމަވެސް ކުރީގެ ރައީސް އިބްރީހިމް ނާސިރުގެ ވެރިކަމުގައި އެ މިސްކިތް ބޭރު މީހަކަށް ވިއްްކާލުމުން އެ މިސްކިތް ހުރީ ފުރަނަފުށީގަ އެވެ.

ކަޅުވަކަރު މިސްކިތް މިހާރު ހުރި ތަނަށް ބަދަލު ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ. ކަޅުވަކަރު މިސްކިތް އަލުން މަރާމާތުކޮށް މިސްކިތުގެ އާބާތުރަ ފިލުވައި އަލުން ހުޅުއްވައި ދެއްވާފަައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ.

އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފައިވަނީ އެކަން ކުރަން ނިންމާފައި ވަނީ ޑިޕާޓްމެންޓް އޮފް ހެރިޓޭޖްއާއި މިނިސްޓްރީ އޮފް ޑީފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އަދި ހައުސިންގް މިނިސްޓްރީގެ އިތުރުން މިނިސްޓްރީ އިފް އެޑިއުކޭޝަނާ ގުޅިގެން ކަމަށެވެ. ނަމަވެސް އެމިސްކިތް ހުޅުމާލެއަށް ބަދަލުކުރުމަށް ނިންމާފައިވަނީ ކީއްވެގެން ކަމެއް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފައެއް ނުވެއެވެ.