Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ރަސްމާލެ އިން 15،000 ގޯއްޗަށް ހުޅުވާލަނީ

މި ސަރުކާރުން ބޯހިޔާވަހި ކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ހިއްކައިގެން ތަރައްގީ ކުރަން ހަމަޖެހިފައިވާ ރަސްމާލެ އިން 15،000 ގޯއްޗަށް ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު މިކަން އިއުލާން ކުރެއްވީ މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

ރައޫސް ވިދާޅުވީ ކުރިއަށް އޮތް މަހުގެ ތެރޭގައި ރަސްމާލެ ހިއްކުމުގެ ސްޕީޑް ތިންގުނަ އިތުރުކުރަން ނިންމާފައިވާ އިރި، މިމަޝްރޫޢުގެ ސްޕީޑް އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ގެނައުމަށް އެގްރިމަންޓްކޮށް ފައިސާވެސް ދައްކާފައިވާ ކަމަށެވެ.

ރަސްމާލެ އަށް ހާއްސަކޮށްގެން 1،153 ހެކްޓަރުގެ ބިން ހިއްކަން އޮތީ ނިންމައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ގެނުވާނެ މަޝްރޫއެކެވެ. އެގޮތުން ކުރިއަށް އޮތް ފަސް މަހުގެތެރޭ އެތަނުން 15،000 ގޯތި ދެވޭ މިންވަރަށް ހިއްކައި އެ ގޯއްޗަށް ހުޅުވައިލާނެ ކަމަށް ވިދާޅުވި އެވެ.

އަދި މިކަމާ ގުޅޭ ތަފިސީލްތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަން ދޭނީ އެންމެ ބޭނުންޖެހިފައިވާ އަދި "އާއިލީ ބޯހިޔާވަހިކަން" ގެ ކޮންސެޕްޓަށްކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުވާލާނީ މާލޭގެ ރައްޔިތުންނާއި މާލެ ސަރަޙައްދުގައި ދިގު މުއްދަތަކަށް ދިރިއުޅެފައިވާ މީހުންނަށް ޚާއްސަ ކެޓަގަރީތަކުން ކަމަށް ވިދާޅުވިއެވެ.

"ރަސްމާލެ ވެގެން ދާނީ މާލެ މިހާތަނަށް ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢަށް." ރައީސްޔާ ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއަށް ބިން ހިއްކަން ފެށީ ޑިސެންބަރު 18، 2023 ގަ އެވެ.