Last Updated: July 24, 18:15
Friday, July 24, 2026
މުނިފޫހިފިލުވުން

ޝްރަދާގެ 'އީތާ' ގެ ބަތަލަކަށް ރަންދީޕް

ބަތަލާ ޝްރަދާ ކަޕޫރް އިންޑިއާގެ ކުރީގެ ކްލަސިކަލް ނެށުންތެރިއެއް ކަމަށްވާ ވިތަބާއީ ނަރަޔަންގާއޯންކަރްގެ ރޯލު ބައޮގްރަފިކަލް ޕީރީއަޑް ފިލްމު "އީތާ" ގެ ބަތަލަކީ ރަންދީޮޕް ހޫޑާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ހަފުތާ އިން ފެށިގެން މި ފިލްމުގެ ޝޫޓިން ކުރިއަށްދާ އިރު، މިއީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ލަކްޝްމަން އުޓޭކަރް ހަދާ ފިލްމެކެވެ. އޭނަ އަކީ މި އަހަރުގެ ފެބްރުއަރީގައި އެ ސްޓޫޑިއޯ އިން ގެނެސްދިން ކާމިޔާބު ތާރީހީ ހަނގުރާމަ ފިލްމު "ޗާވާ" ގެ ވެސް ޑައިރެކްޓަރެވެ.

Shraddha Kapoor's EETHA (a biopic on legendary tamasha artist Vithabai ) directed by Laxman Utekar goes on floors today
byu/pro-cra-stinator inBollyBlindsNGossip

ޝްރަދާ އާއި ރަންދީޕް ލީޑައިގެން "އީތާ" ގެ މަސައްކަތް ބާރަށް ކުރިއަށް ދިޔަ ނަމަވެސް މި ޕްރޮޖެކްޓާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް މެޑޮކް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް މީޑިއާތަކުން ބުނީ ފިލްމުގެ ބަތަލަކަށް ރަންދީޕް ނެގިކަން ކަށަވަރު ކަމަށެވެ.

އެހެންވެ "އީތާ" ވާނީ ޝްރަދާ އާއި ރަންދީޕްގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށެވެ.

ގިނައިން ސަޕޯޓިން ރޯލުތަކުން ފެންނަ ރަންދީޕްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި ސަނީ ޑިއޯލްގެ އެކްޝަން ތުރިލާ "ޖާޓް" އެވެ.