ހުޅުމާލޭގެ ފަޅުތެރޭގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެއްޖެ އެވެ.
އޭގައި ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި އޭގައި ތިބި ބަޔަކު ސަލާމަތްކުރާ ތަން ވެސް ފެނެ އެވެ. އެގޮތުން ރޯވި އުޅަނދާ، ލޯންޗެއް ކައިރިކޮށް އެއަށް މީހުން ބާލާ އިރު، ރޯވި އުޅަނދުގެ ބޮޑު ބައެއްގައި ރޯވެ އަނދަމުންދާ ތަން ފެނެ އެވެ. އަދި ބޯކޮށް ކަޅުދުން އަރާ ތަން ވެސް ފެނެ އެވެެ
އެމްއެންޑީއެފުން ބުނި ގޮތުގައި ރޯވެފައި ވަނީ ލޯންޗެއްގަ އެވެ .އަދި އަލިފާން ނިއްވުމުގައި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ހުޅުމާލޭ ސްޓޭޝަންގެ ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ.
މެރިން ފުލުހުން ބުނި ގޮތުގައި ރޯވެފައި ވަނީ ތެޔޮ އުފުލާ އުޅަނދެއްގަ އެވެ. އަދި އެ ހާދިސާ ހިނގާފައި ވަނީ މެންދުރު ފަހު 1:00 ޖަހާ އެހާކަށްހާ އިރު އެވެ.