Last Updated: July 5, 18:12
Sunday, July 5, 2026
ޚަބަރު

މާލޭގެ މިސްކިތަކަށް ގެއްލުން ދިން މީހާ ދޫކޮށްލައިފި

މާލެ މިސްކިތެއްގެ ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތަޅާލި މީހާ ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މާލޭގެ މަސްޖިދު އަލް-ސުލްތާން ހަސަން އިއްޒުދީންގެ ބައެއް ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފައިވާ މައްސަލަ މިއަދު ހެނދުނު 7:02 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 24 އަހަރުގެ ފިރިހެން މީހާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.