Last Updated: July 14, 12:00
Tuesday, July 14, 2026
ޚަބަރު

ބްރޭންޑް އެމްބެސެޑަރު ފަބްރީޒިއޯ ރާއްޖެ އަށް

ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރު އަދި ދުނިޔޭގެ ކުޅިވަރުގައި އެންމެ ނުފޫޒުގަދަ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖޭގައި ފަބްރީޒިއޯ ކުރަމުން އަންނަ ތަޖުރިބާތައް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އަންނަނީ ހިއްސާކުރަމުންނެވެ. ފަބްރީޒިއޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ކޮންރެޑް މޯލްޑިވްސް ރިސޯޓުގަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ކެޕްމޭނުގެ ތެރެއިން ފަބްރީޒިއޯ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސީ މާރިޗު 8 ވަނަ ދުވަހުއެވެ. ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސިފަހުން ފަބްރީޒިއޯ އަންނަނީ ރާއްޖެ ޕްރޮމޯޓް ކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

އިޓަލީއަށް އުފަން އުމުރުން 32 އަހަރުގެ ފަބްރީޒިއޯ ހާއްސަވެފައިވަނީ ފުޓްބޯޅަ ނޫސްވެރިއެއްގެ ގޮތުގަ އެވެ.