މިދިޔަ ދެ ދުވަހު ހުޅުމާލޭން 78 ވެހިކަލެއް ޓޯކޮށް 38 މީހަކު ޖޫރިމަނާކޮށްފި އެވެ.
ފުލުހުން ބުނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޓޯކުރި ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ 76 ސައިކަލާއި ދެ ކާރު ކަމަށެވެ.
އޭގެ ތެރެއިން 61 ވެހިކަލެއް ޓޯ ކުރީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެންނެވެ. އަދި ލައިސަންސް ނެތި ދުއްވައިގެން 11 ވެހިކަލެއްް ޓޯ ކުރިއިރު ނުރައްކާތެރިކޮށް ދުއްވައިގެން އެއް ވެހިކަލް، ރަޖިސްޓްރީ ނުކޮށް ދުއްވައިގެން އެއް ވެހިކަލް އަދި ރަޖިސްޓްރީ ނަމްބަރު ބަދަލުކޮށްގެން ދުއްވި ދެ ވެހިކަލެއްް ޓޯ ކުރި އެވެ.
މީގެ އިތުރުން 38 މީހަކު ޖޫރިމަނާ ކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ 27 ސައިކަލާއި 11 ކާރެވެ.