ބޮލީވުޑްގެ ކުރީގެ ތަރި ގޯވިންދާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.
މިޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ އަށް ފަރުވާ ދެމުން އަންނަނީ މުމްބާއީގެ ޖުހޫގެ ކްރިޓިކްކެއާ ހޮސްޕިޓަލްގަ އެވެ. ގޯވިންދާގެ ގާތް އެކުވެރިއެއް ކަމަށްވާ އަދި އޭނަގެ ލީގަލް އެޑްވައިޒަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ ލަލިތު ބިންދާލްއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ގޯވިންދާ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ރޭގެ ވަގުތެއްގައި ވެއްޓި ހޭނެތިފައި އޮއްވައި ފެނުމާ ގުޅިގެންނެވެ.
އަދި އޭނަގެ މި ވަގުތު އޮތީ އޮބްޒަވޭޝަންގައި ކަމަށާއި އިތުރު މައުލޫމާތިުފަހުން ހިއްސާކުރާނެ ކަމަށް ބުންޏެވެ.
ބޮލީވުޑްގައި 90 ގެ ތެރޭގައި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ގޯވިންދާ، 61، އެންމެ ފަހުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނީ ގެންގުޅުން ބަޑިއެއް ސާފު ކުރަން އުޅުމުގެ ތެރޭގައި ބަޑިން ފަޔަށް ވަޒަނަށް އެރުމާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
އޭނަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ އިރު، މީޑިއާތަކުގައި މި ފަހުން ޒުވާން ދެ ދަރިން ތިބި އެކްޓަރުގެ ވާހަކަ އެންމެ ބޮޑަށް ދެކެވެމުން ދަނީ އަންހެނުން ސުނީތާ އަހޫޖާ އަށް ބޭވަފާތެރިވެފައިވާތީ އޭނަ ގާތުން ސުނީތާ ވަރިވާން ކަމަށް ބުނާ ވާހަކަތަކުންނެވެ.