Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ފަރުމަސްވެރިކަމުގެ މުބާރާތަކަށް ހުޅުވާލައިފި

އަންނަ މަހު ފާހަގަރަން ތައްޔާރީތައްވަމުން އަންނަ މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބާއްވަން ނިންމާފައިވާ ފަރުމަސްވެރިކަމުގެ މުބާރާތަކަށް ހުޅުވައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި މުބާރާތް ހާއްސަކޮށްފައި ވަނީ ރ. އަތޮޅަށް ކަމަށާއި މުބާރާތް ކުރިއަށް ގެންދާނީ އަންނަ މަހުގެ 12 ގައި ދުވާފަރުގައި ކަމަށެވެ. އެހެންވެ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ރ. އަތޮޅުގެ ރަށްތަކުގެ މީހުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު 3339225 އަދި 3339272 އިން ހޯދޭނެ އެވެ.

ފަރުމަސްވެރިކަމުގެ މުބާރާތުގެ އެއް ވަނަ އަށް 15،000ރ. ދެވަނަ އަށް 10،000ރ. އަދި ތިން ވަނަ 7،000ރ. ވަނީ ހުށަހަޅައިފަ އެވެ. މީގެ އިތުރުން ބަރު މަސް ބާނާ ފަރާތަކަށް 1،500ރ. ލިބޭނެ އެވެ.

މަސްވެރިންގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ޑިސެންބަރު 10 އެވެ. މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރާ ރަށެއް ކަނޑައަޅަނީ އެކަމަށް ޝައުގުވެރިވާ ރަށްތަކަށް ހުޅުވާލައިގެން ބަލާ މިންގަނޑުތަކަކަށް ރިއާޔަތްކޮށެވެ.