ފުވައްމުލަކު ސަޕްލައި ފެނަށް ދިމާވި މައްސަލަ އަދިވެސް ހައްލު ނުކުރެވޭ ކަމަށް ފެނަކަ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ 15،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ސިޓީ އަސް ފެނުގެ މައްސަލަ ކުރިމަތިވީ ފެނުގައި ތަޣައްޔަރުކަމެއް ހުރެގެން ކަމަށެވެ. އެހެންވެ މިހާރު ފެން ފްލާންޓް އެއްކޮށް ހުސްކޮށް، ސާފުކޮށް ނިމިފައިވާ ކަމަށް ބުންޏެވެ.
ފެނަކަ އިން ބުިނީ ފެން އުފެއްދުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. އެކަމަކު ފެން ދޫކުރަން ފެށޭނީ ދޫކުރުމުގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭ) އިން ވެސް ހަދާ ބައެއް ތަޙުލީލުތަކަށް ފަހު ކަމަށް ބުންޏެވެ.
ފެނަކަ އިން ބުނި ގޮތުގައި ޕްލާންޓްގެ ނެޓްވޯކްގައި ފެން ލީކްވުމުގެ މައްސަލައެއް ވެސް އުޅޭތީ އެކަން ހައްލުކުރުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ. އެހެންކަމުން ފެނުގެ ނަތީޖާ ލިބި އަދި ލީކޭޖްގެ މައްސަލަ ހައްލުވެ، މިއަދު އިރުއޮއްސުމުގެ ކުރިނން ފެނުގެ ޚިދުމަތް އަލުން ދެވެން ފެށޭނެ ކަމަށް ފެނަކަ އިން ބުންޏެވެ.
ފުވައްމުލަކު ފެނަށް ޖެހިފައިވާތާ ދެ ދުވަސްވެފައިވާ އިރު، އެ ސިިޓީ އަށް ބޯފެން ފޯރުކޮށް ދިނުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ. އެގޮތުން ގޭބިސީތަކަށް އަންނަނީ ފެން ކޭސް ފޯރުކޮށް ދެމުންނެވެ.