ވިހި މީހުންނާ އެކު ދަތުރުކުރި ތުރުކީގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ އެވެ.
އިއްޔެގެ ހަވީރުގެ ވަގުތެއްގައި އެ ބޓް ވެއްޓުނީ އަޒަރުބައިޖާނުން ފުރައިގެން ތުރުކީ އަށް ދާން ދަތުރު ކުރަމުން ދަނިކޮށް އަޒަރުބައިޖާނާއި ޖޯޖިއާ ބޯޑަރު ކައިރިއަށެވެ.
ބޯޓް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެފައިވާ އިރު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފަ އެވެ.
ތުރުކީގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސީ-130 ހާކިއުލެސް މަރުކާގެ ޖެޓް ވެއްޓުނު ހާދިސާ ހިނގަން މެދުވެރި ސަބަބުން ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެެއް ނުކުރެ އެވެ.