Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ޑްރަގް ބޯޓްގައި ތިބި މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 350 ކިލޯއަ ށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ސްރީ ލަންކާގެ މަސްބޯޓުގައި ތިބި އެ ގައުމުގެ ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އެ މީހުންގެ މައްޗަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ތުހުމަތުކޮށްފައިވާ އިރު، ފަސް މީހުންގެ ބަންދު އަމުރުގައި ބުނެފައި ވަނީ މި މައްސަލައަކީ ގިނަ ބަޔަކު ޝާމިލުވެގެން ކުށްކުރާ ނޯޓުވޯކަކުން ހިންގާފައިވަ ކުށެއް ކަމަށް ބެލެވޭ ކަމަށެވެ.

އަތުލައިގަތް ފަސް މީހުންނަކީ ކޭއެން އައި ޕެއިރިސް، 39، އާއި ސިންގައްޕުލިގެ ނިމަލް ރަންޖިތު، 63، އާއި ވަރްނަކުލަސުރިޔަ ނިޝަންތަ ތަމެލް، 34، އާއި މިހިޑުކުލަސުރިޔަ އަންޑަރަގެ އަމިލަ، 42، ގެ އިތުރުން ވަރްނަކުލަސޫރިޔަ އޮޝެން ސަޗިންތަ، 28، އެވެ.

ބޯޓު ބަލައި ފާސްކުރިއިރު 355.9 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭ 24 ގޯނި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 58.6 ކިލޯގެ ހެރޮއިން އާއި 297.3 ކިލޯގެ މެތަމްފެޓަމިން އެވެ.