ރާއްޖެ އިން އަލަށް މޫދުވިނަ އެކްސްޕޯޓް ކުރަން ތައްޔާރުވާން ފަށައިފި އެވެ.
މިކަން ކުރަނީ ވިޔަފާރި އުސޫލުން މޫދުވިނަ އާލާކޮށްގެންނެވެ. އެގޮތުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢު ފެށީ މިއަ ހަރުގެ އޭޕްރީލް 20 ގައި ބ. ފެހެންދޫގަ އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަނީ ފްލޯޓިން އޭކާސް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ފެށި މަޝްރޫއުގެ ދަށުން އާލާކުރި މޫދުވިނައިގެ ފުރަތަމަ ސްޓޮކް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރަން މިހާތު އަންނަނީ ތައްޔާރުވަމުންނެވެ.
މިކަމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މޫދުވިނަ އާލާކުރުމުގެ މަޝްރޫއު ވަރަށް ކާމިޔާބު ކަމަށާއި މިއީ ދިވެހި ކަނޑުފަޅޫން ނަފާ ހޯދުމަށް ކުރާ މަސައްކަތުގައި ކުރިއަށްދާން ރަނގަޅު ކަމެއް ކަމަށެވެ.