އަންނަ އަހަރުގެ ރޯދަ މަހު ވެސް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭނީ މަސްދަޅު ކޭސް ކަމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރޯދަ މަސް ފެށޭތީ ރޯދަ ހަދިޔާ ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ވެސް ދޭން ތައްޔާރީތައް ވާން މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކުން މިހާރު އަންނަނީ ގޭބިސީތަކުގެ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށް އަންގަމުންނެވެ.
މި އަހަރު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދީފަައި ވަނީ މިފްކޯގެ ތެޔޮމަސް ދަޅު ކޭހެވެ. އެއީ ކޮންމެ ގޭބިސީއަކަށް 48 ދަޅު ހިމެނޭ 100 ގްރާމްގެ މަސްދަޅު ކޭހެވެ. މިކަމަށް ދައުލަތުގެ ބަޖެޓުން 111.8 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.