Last Updated: July 23, 16:49
Thursday, July 23, 2026
ޚަބަރު

ރައީސް މުއިއްޒު ގުޅީގައި

ކ. ގުޅި އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންފި އެވެ.

މިއަދު ހަވީރު އެ މަނިކުފާނު އެ ރަށަށް ވަޑައިގަތުުމުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.

ރައީސް ގުޅިއަށް ކުރައްވާ މި ދަތުރުގައި އެ ރަށު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވާނެ އެވެ. އަދި އެ ރަށު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވާނެ އެވެ.