Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މަޑަވެލީ ފުލުހުން އައްޑޫ މީދޫ މީހަކު ހޯދަނީ

ދ. މަޑަވެލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް އައްޑޫ މީދޫ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯދަނީ އެ ރަށު ނޫފިޔަ، އަހުމަދު ފިޔާޒް، 45، އެެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ 21 ވަނަ ދުވަހު މެންދުރު ފަހު 2:00 އަށް މަޑަވެލި ޕޮލިސް ސްޓޭޝަން ފިޔާޒް ހާޒިރުވާން އަންގާފައިވެ އެވެ.