Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

ލަވަކިޔުންތެރިޔާ އެޑެލް ހޮލީވުޑްގެ ފިލްމަކަށް

އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑެލް ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނީ 37 އަހަރުގެ ފަންނާނު ސޮއިކުރީ އެމެރިކާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޓޮމް ފޯޑްގެ އަލަތު ޑައިރެކްޝަން ކަމަށްވާ "ކްރައި ޓު ހެވެން" އަށް ކަމަށެވެ. މި ފިލްމުގެ މަޝްހޫރު ތަރިންތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ކޮލިން ފާތު، ނިކޮލަސް ހައުޓް، އާރޮން ޓޭލާ-ޖޯންސަން، ޕޯލް ބެޓަނީ އަދި އޮވެން ކޫޕާ ހިމެނެ އެވެ.

"ކްރައި ޓު ހެވެން" އަކީ ލިޔުންތެރިޔާ އޭސް ރައިސް 1982 ގައި ހަމަ އެ ނަމުގައި ގެނެސްދިން ވާހަކައަށް ބިނާކޮށް ހަދަން ނިންމާފައޮވާ ފިލްމެކެވެ. މިއީ ޓޮމް ސްކްރީންޕްލޭ ލިޔެ، ޕްރޮޑިއުސް ވެސް ކުރާ ފިލްމެކެވެ.

ޓޮމް ފޯޑް.

މުޅިން އަލަށް ހޮލީވުޑްގެ ފިލްމަކަށް އެޑެލް ސޮއިކުރި އިރު، އޭނަ އަކީ އިނގިރޭސިވިލާތުގެ އެންމެ ނުފޫޒު ގަދަ އެއް ލަވަކިޔުންޔެރިޔާ އެވެ. މިހާތަނަށް ފަސް ގްރެމީ އެވޯޑް ވެސް ހާސިލުކޮށްފައިވާ އެޑެލް މިހާތަނަށް ހަތަރު ސްޓޫޑިއޯ އަލްބަމް ނެރެފައިވެ އެވެ.

އޭނަގެ އެންމެ ފަހުގެ އަލްބަމަކީ 2021 ގެ "30" އެވެ.

 

View this post on Instagram

 

A post shared by Adele (@adele)

އަލަތު ކައިވެނި 2021 ގައި ރޫޅައިލި އިރު، ފިރިހެން ދަރިޔަކު ވެސް ހުރި އެޑެލްގެ މިހާރުގެ ބައިވެރިޔަކީ އެމެރިކާގެ ކުޅިވަރު ދާއިރާގެ ޝަހުސިއްޔަތެއް ކަމަށްވާ ރިޗް ޕޯލް އެވެ. އެޑެލްގެ ދަރިފުޅުގެ ބައްޕަ އަކީ ސައިމަން ކޮނެކީ އެވެ.