ފާލު ބަލައިދޭ ކަމަށް ބުނެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދިޔަ ބަޔަކު އޮސްޓްރޭލިއާ އިން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި އިއްޔެ ސިޑްނީގެ ޑޯވާ ހައިޓްސް އިން ހައްޔަކުރީ ވިއެޓްނާމަށް ނިސްބަތްވާ 53 އަހަރުގެ އަންހެނަކާއި އޭނަގެ 25 އަހަރުގެ އަންހެން ދަރިފުޅެވެ. ފުލުހުން އެ ދެމައިން ހައްޔަރުކުރީ މީހުންގެ މުސްތަގުބަލުގައި ވާން ހުރި ކަންކަން ކިޔައިދޭ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައި ފުޅާ ދާއިރާއެއްގައި ސްކޭމެއް ހިމްގަމުންދާ ކަމަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެމެއިންގެ ތެރެއިން އަންހެން ދަރިފުޅު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ އިރު، އަންހެން މީހާގެ ކަފާލާތު ގަބޫލުކޮށްފައެއް ނުވެ އެވެ. އަދި އޭނަ މިއަދު ކޯޓަށް ހާޒިރު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި މިހާތަނަށް ބެލިބެލުމުން އޮސްޓްރޭލިއާގައި ދިރިއުޅޭ ވިއެޓާމް މީހުންނަށް އަމާޒުކޮށްގެން ދެމައިން ހިންގަމުން އަައި ސްކޭމްގެ ތެރެއިން 70 މިލިއަން އޮސްޓްރޭލިއާ ޑޮލަރު (46 މިލިއަން އެމެރިކާ) ޑޮލަރު ހޯދާފައިވެ އެވެ. އެގޮތުން އެ މީހުންގެ ގާތަށްދާ މީހުންގެ މުސްތަބުލު ވަޒަކޮށްދޭ ކަމަށް ބުނެ، ބައެއް މީހުން ބޮޑެތި މަހުޖަނުންނަށް ވާނެ ކަމަށް ބުނެ ހައްދައި އެ މީހުން ލައްވައި ލޯނުތައް ނަގުވައި، އެ ލޯނުތަކުން ދެމައިނަށް ބައިއަޅުވަމުން ގޮސްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ދެމައިންގެ މައްޗަށް ވަނީ މަކަރާއި ހީލަތުން ބައެއްގެ އަތުން ނާޖާއީޒު މާލީ މަންފާ ހޯދަމުން ދިއުމުގެ ކުށާއި މަނީލޯންޑްރިންގެ ދައުވާ ވެސް ކޮށްފަ އެވެ. އެގޮތުން އަންހެން މީހާގެ މައްޗަށް 39 ދައުވާއެއް އުފުލާފައިވާ އިރު، އޭނަގެ ދަރިޅުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެ އެވެ.
މި ސްކޭމާ ގުޅިގެން ދެމައިން ހައްޔަރުކޮށް އެ މީހުން އުޅެމުން ދިޔަ އަގުބޮޑު ގެ ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރޭގައި އަގުބޮޑު ފޯނުތަކާއި ލަގްޒަރީ އަތްދަބަސްތަކާއ އަގު 10،000 އޮސްޓްރޭލިއާ ޑޮލަރަށް އަރާ 40 ގްރާމްގެ ރަނާއި 6،600 އޮސްޓްރިލޮއާ ޑޮލަރަށް އަރާ ކެސިނޯ ޗިޕްތަކުގެ އިތުރުން މާލީ މުއާމަލާތްތަކާ ގުޅޭ ގިނަ އަދަދެއްގެ ލިޔެކިޔުންތައް ހިމެނެ އެވެ.