Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގައި މިއަދު ފެށި ބޮޑު އޮޕަރޭޝަން "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން 90 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެކަމަކު އެ މީހުން ހައްޔަރުކުރި ތަނަކާއި އެކަމާ ބެހޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގުވުމަށް މިއަދު ފެށި އޮޕަރޭޝަންގައި އެއް ވަގުތެއްގައި ރާއްޖޭގެ 100 އަ ށްވުރެ ގިނަ ތަންތަން ބަލައި ފާސްކުރަން ހަމަޖެހިފައިވާ އިރު، މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުބީ "އޮޕަރޭޝަން އަލިމަގު" ފެށީ ފަތިހު 5:30 ގައި ކަމަށެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ "އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ ތާރީހެއްގައި ޑްރަގާ ދެކޮޅަށް ހިންގާ އެންމެ ބޮޑު އޮޕަރޭޝަން ކަމަށެވެ.