ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިތުރު 66 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެ އިދާރާ އިން ބުނީ އެ މީހުންނަކީ ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ޙަރަކާތްތަކުގައި ޝާމިލްވަމުންދާކަން ފާހަގަކުރެވިފައިވާ މާލޭގެ ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ސަރަހައްދުތައް ހިމެނޭހަން ރޭގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މީހުން ކަމަށެވެ.
އެ އޮޕަރޭޝަންގައި ޖުމްލަ 347 ބިދޭސީއަކު ޗެކްކޮށްފައިވެ އެވެ.
އިމިގްރޭޝަމުން 2023 ގެ ނޮވެމްބަރުން ފެށިގެން ހިންގަމުން އަންނަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު އެތަނުގެ ބެލުމުގެ ދަށަށް ގެނެސް، ގިނަ ބަޔަކު ޑީޕޯޓް ވެސް ކޮށްފައިވެ އެވެ.