ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެ އެއާޕޯޓް ހިންގަމުން އަަންނަ އައިލޭންޑް އެވިއޭޝަން ސާވިސެސް (އައިއޭސް) އިން އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ހުނާން ނަމްބާ 6 އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެވެ. އެގޮތުން އެއްބަސްވުމުގައި އައިއޭސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ. ހުނާން ނަމްބާ 6 ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ލީގަލް ރެޕްރެޒެންޓޭޓީވް ވަންގް ހީ އެވެ.
މިއީ ޖުމްލަ 3.6 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ.
މާފަރު އެއާޕޯޓު ޓާމިނަލް ބޮޑު ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ހުރި ޓާމިނަލާ އިންވެގެން އަޅަން ނިންމާފައިވާ ދެ ބުރީގެ އިމާރާތާ އެކު ޓާމިނަލް 12،476 އަކަފޫޓަށް ބޮޑުވެގެން ދާނެ އެވެ.
މި މަސައްކަތް ހަވާލުކުރީ 10 މަސް ތެރޭގައި ނިންމާ ގޮތަށެވެ.
މާފަރު އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ޑިސެމްބަރު 1، 2019 ގަ އެވެ،