Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ވައިޑް ބޮޑީ ބޯޓްގައި ޖަލްސާ އަށް މީހުން އުފުލައިފި

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މާދަމާ ރޭ މާލޭގައި ބާއްވާ ޖަލްސާ އަށް ބޯ ގިނަކުރަން އައްޑޫން ގެންދާ ބަޔަކު ނަގަން މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓްގެ ދަތުރެއް މިއަދު ގަމަށް ބާއްވައިފި އެވެ.

މިއީ މި އަހަރުގައި ޖެނުއަރީގައި ގެނެސް ބޭނުން ކުރަން ފެށި އޭ330-200 މަރުކާގެ ދަތުރެއް ގަމަށް ބޭއްވި ފުރަތަމަ ފަހަރެވެ. ޗާޓަރުކޮށްގެން ކަމަށް ބުނެ ބޭއްވި އެ ދަތުރަށް މާލެއިން ގަމަށް ދިޔައީ ހެނދުނު 9:36 ގަ އެވެ. އަދި ގަމުން މާލެ ފުރީ މެންދުރު ފަހު 12:49 ގަ އެވެ.

ޕީއެންސީން މާދަމާ ރޭ އާޓިފިޝަލް ބީޗްގައި ބާއްވާ ޖަލްސާ އަށް ރާއްޖޭގެ އެކި ހިސާބުތަކުން މީހުން މާލެ ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެ ޕާޓީން ބުނެފައި ވަނީ މާދަމާ ރޭ ޖަލްސާ އަކީ ދިވެހި ރައްޔިތުން މިހާރު ތިބީ ކޮން ލީޑަރަކާ އެކުކަން ދައްކުވައި ދޭނެ ޖަލްސާއެެއް ކަމަށެވެ.