Last Updated: July 6, 03:26
Sunday, July 5, 2026
ޚަބަރު

ސަލާމަތީ ސަބަބުތަކަށްޓަކާ ޕީއެންއެފްގެ ޖަލްސާ ފަސްކޮށްފި

ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕީއެންއެފްއިން މިރޭ ބާއްވަން ނިންމި ޖަލްސާ ފަސްކޮށްފި އެވެ.

ޕީއެންއެފް އިން އާންމުކޮށް ޖަލްސާތައް ބާއްވަމުން އަންނަނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހުގެ ރެ އެވެ. ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީން މިރޭ މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައިވަނިކޮށް، ޕީއެންއެފް އިން ވެސް ވަނީ މިރޭ ޖަލްސާއެއް ބާއްވާނެކަން އިއުލާންކޮށްފަ އެވެ.

ނަމަވެސް ޕީއެންއެފް އިން ވަނީ މިރޭ ބާއްވަން ނިންމި ޖަލްސާ ސަލާމަތީ ސަބަބުތަކަށްޓަކާ ފަސްކޮށްފަ އެވެ. މި ޖަލްސާ ދެން އޮންނާނީ އާދީއްތަ ދުވަހުގެރޭ ކަމަށް ޕީއެންއެފް އިން ބުންޏެވެ.

ޕީއެންސީން އާޓިފިޝަލް ބީޗުގައި މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު، މި ޖަލްސާއަށް ރާއްޖޭގެ އެކި ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު މާލެ ގެނެސްފައިވެ އެވެ.

ޕީއެންސީން މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަނީ މި ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށެވެ.