Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ފަރުކޮޅުފުށީގައި އަލިފާނުގެ ހާދިސާއެއް

ހުޅުމާލޭގެ ބައެއްގެ ގޮތުގައި މިހާރު އަންނަ ފަރުކޮޅުފުށީގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީފުން ބުނީ އެ ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު މެންދުރު މިއަދު 1:00 ހާއިރު ކަމަށެވެ. އަދި އެއާ އެކު މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށް އެމްޑީއެންފުން ބުންޏެވެ.

ރޯވެފައި ވަނީ ފަރުކޮޅުފުށީގައި ހުރީ ދުވަސްވީ އިމާރާތެއްގަ އެވެ. އެތަނުގައި ރޯވި އަލިފާން ނިއްވާލެވުނީ 1:40 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެ އެވެ.

ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުފުށި މިހާރު އޮންނަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގަ އެވެ. އެ ރަށުގައި އެ ކުންފުނިން ކުއްޔަށް ދޭ އިވެންޓު ސްޕޭސްތަކާއި ގުދަންތައް އަދި އެކި ސައިޓުތައް ހުރެ އެވެ.