Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

ބަތަލާ ކާމިނީ ކޯޝަލް މަރުވެއްޖެ

ގިނަ އަދަދެއްގެ ބޮލީވުޑްގެ ފިލްމުތައް ކުޅެފައިވާ ތަޖުރިބާކާރު ބަތަލާ ކާމިނީ ކޯޝަލް މިއަދު މަރުވެއްޖެ އެވެ.

އުމުރުން 98 އަހަރުގެ ބަތަލާ މަރުވި އިރު، އޭނަގެ 70 އަހަރުގެ ފިލްމީ ކެރިއަރުގައި އެހާރާއި މިހާރުގެ މަޝްހޫރު ވަރަށް ގިނަ ތަރިންނާ އެކީ ފިލްމުތައް ކުޅެފައިވެ އެވެ. ކާމިނީގެ ކެރިއަރުގެ އެންމެ ކުރީކޮޅު ފިލްމުތަކުގެ ލީޑް ބަތަލާގެ ރޯލު ކުޅެފައިވެ އެވެ.

އެގޮތުން 1966 ގެ ފިލްމުި "ބިރާޖް ބަހޫ" އިން އޭނަ އަށް އެންމެ މޮޅު ބަތަލާގެ ފިލްމުފެއާ އެވޯޑް ވެސް ލިބިފައިވެ އެވެ. ކާމިނީ ލީޑް ބަތަލާގެ ރޯލު ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދޯ ބާއީ"، "ޝަހީދު"، "ނަދިޔާ ކޭ ޕާރް"، "ޒިއްދީ"، "ޝަބްނަމް" އަދި "އާރްޒޫ" ހިމެނެ އެވެ.

ކާމިނީ އެންމެ ފަހުން ފެނިފައި ވަނީ 2022 ގައު ރިލީޒްކުރި އާމިރު ޚާންގެ "ލާލު ސިންގް ޗައްޑާ" އިންނެވެ. ބޮލީވުޑްގެ ވަރުގަދަ ތިން ޚާނުންގެ ތެރެއިން ޝާހްރުކް ޚާންގެ 2013 ގެ "ޗެންނައި އެކްސްޕްރެސް" އަދި ސަލްމާން ޚާންގެ 2000 ވަނަ އަހަރުގެ "ހަރް ދިލް ޖޯ ޕިޔާރު ކަރޭގާ" ވެސް ކާމިނީ ރޯލުތަކެއް ކުޅުނެވެ.