އިންޑިއާގެ ކަރްނާޓާ ސްޓޭޓްގައި ވަޒީފާ އަދާކުރާ އަންހެނުންނަށް މައްސަރުކަންތައްކަށް ކޮންމެ މަހަކު އެއް ދުވަހުގެ ޕެއިޑް ލީވެއް ދޭން ނިންމައިފި އެވެ.
މިއީ އިންޑިއާގެ ސްޓޭޓަކުން މިފަދަ އުސޫލަކަށް އަމަލު ކުރަން ނިންމި ފުރަތަމަ ފަހަރެވެ. އަދި މިއީ ގައުމަކުން ވަޒީފާ އަދާކުރާ އަންހެނުންނަށް މެންސްޗްރަލް ޕެއިޑް ލީވެއް ދޭން ނިންމި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ކަރްނާޓަކާ ސްޓޭޓް ސަކާރުން ބުނީ އެ ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ވެސް މަސައްކަތްކުރާ އެ ސްޓޭޓްގެ އުމުރުން 18-52 އަހަރާ ދެމެދުގެ އަންހެނުންށް ކޮންމެ މަހަކު މެންސްޗްރަލް ލީވެއް މުސާރަ އިން ނުކެނޑޭ ގޮތަށް ލިބޭނެ ކަމަށެވެ. އަދި އެ ލީވަށް މެޑިކަލް އެއްވެސް ލިޔުމެއް ވެސް ހުށަހަޅަން ނުޖެހޭނެ ކަމަށް ބުންޏެވެ.
މި އުސޫލާ ގުޅޭ ގޮތުން ކަރްނާޓަކާ ސްޓޭޓްގެ ލޭބާ މިނިސްޓަރު ސަންތޯޝް ލާދު ވިދާޅުވީ މިއީ ވަޒީފާ އަދާކުރާ އަންހެނުންނަށް ސަރުކާރުން މިހާތަނަށް ފަހިކޮށްދޭ އެންމެ ރަނގަޅު އެއް ނިންމުން ކަމަށެވެ. އަދި މިކަން ތަންފީޒުވާން ފެށުމުން ވަޒީފާ އަދާކުރާ އަންހެނުންގެ ހައްގުތައް އިތުރަށް ރައްކާތެރިކޮށް ދެވޭނެ ކަމަށް ވިދާޅުވި އެވެ.