Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ރައީސްގެ މަސައްކަތް ރައްޔިތުން ލޯތްބާއެކު ބަލައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތް ރައްޔިތުން ލޯތްބާއެކު ބަލައިގެންފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވެފައިމިވަނީ ޕީއެންސީ ސަރުކާރަށް ދެ އަހަރު ފުރުމުގެ ގޮތުން އާޓިފިޝަލް ބީޗުގައި ބޮޑު އެއްވުމެއް ރޭ ބާއްވާފައިވާ ދަނޑިވަޅެއްގަ އެވެ. މި އެއްވުމަށް ބޮޑު ހަރަދުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސްފައިވެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ މި އެއްވުމަކީ ތާރީހީ އެއްވުމެއް ކަމަށެވެ. އެގޮތުން މި އެއްވުމުން ދައްކައިދެނީ ރައީސް މުޢިއްޒުގެ މަސައްކަތްޕުޅު ރައްޔިތުން ލޯތްބާއިއެކު ބަލައިގެންފިކަން ކަމަށް ސައީދު ވިދާޅުވި އެވެ.

"މުސްތަޤުބަލަށް ރައްޔިތުން ކުރާ އުއްމީދު ޙަޤީޤަތަކަށް ހެދޭނެ ވެރިއެއްގެ ގޮތުގައި ރައްޔިތުން ބަލައިގެންފިކަން. އަދުލުވެރިކަން އިސްކުރައްވަމުން، ބަހާއި ޢަމަލާއި ދިމާކުރައްވަމުން ކުރިއަށްވަޑައިގަންނަވަމުންދާ ވެރިއެއްކަން،" ސައީދު ވިދާޅުވި އެވެ.

ރޭގެ އެއްވުމުގައި 13،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.