Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މާލެ އިން ބިދޭސީއަކު ގެއްލިގެން ހޯދަނީ

މާލެ އިން ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ހޯދަމުން އަންނަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝަރީފް، 30، ކަމަށެވެ.

އޭނަ ގެއްލިގެން ހޯދަން ފެށީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް 13 ވަނަ ދުވަހުގެ މެންދުރު ފަހު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ. ޝަރީފް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާއެކު ކަމާ ގުޅުން ހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭ ތަނެއް މިހާތަނަށް އަދި ހޯދިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ ޝަރީފާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.

ފަހަކަށް އައިސް ދިވެހިންނާއި ބިދޭސީން މާލެ ސަރަހައައްދުން ގެއްލުން ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ.