މިދިޔަ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ޕީއެންސީ އަށް ސޮއިކޮށްފި އެވެ.
އޭނަ އެ ޕާޓީ އަށް ސޮއިކުރީ ސަރުކާރު ހިންގާ ޕާޓީން ރާ މާލޭގައި ބޭއްވި ޖަލްސާގަ އެވެ، މަހުލޫފް ޕީއެންސީ އަށް ސޮއިކުރައްވައި މެންބަޝިޕް ފޯމު ހަވާލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެވެ.
އޭނަ އެ ޕާޓީ އަށް ސޮއިކުރަން އެމްޑީޕީން ވަކިވެވަޑައިގަތީ މިދިސަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ. އޭނަ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 2015 ގަ އެވެ.
މަހްލޫފަކީ މިހާރު އުވާލާފައިވާ ޕާޓީތައް ކަމަށްވާ ޑީއާރްޕީ އާއި ޕީޕީއެމްގައި ވެސް ވަރަށް އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.